7 ލައްކައަށޤވުރެ ގިނަ ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ މަންތްލީ ޓޫރިސްޓް އެރައިވަލް ރިޕޯޓްގައިވާގޮތުން ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 728،950 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %13.1 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 644،721 ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް ވަކިވަކި މަސްމަހުގައި ފަތުރުވެރިން ޒިޔާރްތްކުރި އަދަދު:
* ޖަނަވަރީ: 192،385 ފަތުރުވެރިން* ފެބްރުއަރީ: 217،392 ފަތުރުވެރިން* މާރިޗު: 194،227 ފަތުރުވެރިން* އޭޕްރީލް 21 ގެ ނިޔަލަށް: 124،946 ފަތުރުވެރިންވަކިވަކި ޤައުމުތަކުން ފަތުރުވެރިން އަންނަ އަދަދަށް ބަލާއިރުވެސް މިއަހަރު ތެރޭގައި ބޮޑު ބަދަލުތަކެއް ވަނީ އައިސްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމުގެ ތެރޭގައި ހިމެނެނީ:ޗައިނާ: 77،709 ފަތުރުވެރިންއިނގިރޭސިވިލާތް: 72،635 ފަތުރުވެރިންރަޝިއާ: 72،336 ފަތުރުވެރިންއިޓަލީވިލާތް: 66،170 ފަތުރުވެރިންޖަރުމަނުވިލާތް: 57،321 ފަތުރުވެރިން
ފަތުރުވެރިކަމުގެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6451 ފަތުރުވެރިން އާދެއެވެ. އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 7.9 ދުވަސް ހޭދަކުރެއެވެ.







