Close

މާޗް މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓް ކޮށްފައިވޭ!

މާޗް މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބު ދައްކާގޮތުގައި މިދިޔަ މާޗް މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އެޢަދަދަކީ މިދިޔަ އަހަރުގެ މާޗްމަހާއި އަޅައިބަލާއިރު 4 އިންސައްތަ އިތުރު ޢަދަދެކެވެ.

ފާއިތުވި މާޗް މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުއުމުތަކުގެ ތެރޭގައި ހިމެނެނީ އޮމާން، އިންޑިޔާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ.

އޮމާނުން 777 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިޔާއިން 763 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މީގެއިތުރުން ޔޫއޭއޭއިން 671 މިލިއަން ރުފިޔާގެ މުދާ، ޗައިނާއިން 440 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 401 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެއިން ތައިލޭންޑަށް 41 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެތެރެކުރި މުދާ އިތުރުވެފައިވީ ނަމަވެސް، ރާއްޖެއިން ބޭރުކުރެވުނު މުދަލުގެ އަގު 64 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި ކަސްޓަމްސްއަށް ޢާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 3 އިންސައްތައި ދަށްވެފައެވެ.

ހަމަމިއާއި އެކު މި އަހަރުގެ ފެބްރުއަރީ މަހާ އަޅައިބަލާއިރު ރާއްޖޭން ބޭރުކުރި މުދާ 35.3 އިންސައްތަ ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top