Close

ހުވާނުކުރަނިސް ޕާޓީއަށް ސޮއި ކުރުމުން ގޮނޑި ނުގެއްލޭނެ: އީސީ

އިންތިޚާބު ވެފައިވާ އަމިއްލަ ކެންޑިޑޭޓުން ޕާޓީ އަކަށް ސޮއި ކުރުމަކުން ގޮނޑި ނުގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން މިކަން ހާމަކޮށްފައިވަނީ ދައުލަތު މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ އެވެ.

އޭނާ ވިދާޅުވީ އިންތިޚާބީ މެންބަރުން ޕާޓީއާކާ ގުޅުނު ހިސާބުން ކުރެވެން ފެށި ބަހުސްތަކާއި ގުޅިގެން އެކަމުގެ ޤާނޫނީ ދިރާސާތައް ކޮމިޝަންގެ ޤާނޫނީ ޓީމުން ހަދައިފައިވާ ކަމަށެވެ.

އެކަމާއި ގުޅޭ ގޮތުން ކުރެވުނު ދިރާސާ ތަކަށް އަލި އަޅުވާ ލައްވަމުން ޙަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ އެންޓި ޑިފެކްޝަން ޤާނޫނުގެ 3 ވަނަ މާއްދާގައި މެންބަރަކު ވަކިވާ 3 ހާލަތެއް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ 3 ހާލަތުގައިވެސް ބަޔާންކޮށްފައި އޮތީ މެންބަރަކު އިންތިޚާބު ވުމަށް ފަހު، އިންތިޚާބީ ދައުރުގެ ތެރޭގައި އެފަދަ ކަމެއް ކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.

93 ދާއިރާއަށް އިންތިޚާބުވި މެންބަރުންގެ ދައުރު ފެށެނީ، އެބޭފުޅުން ހުވާ ކުރެއްވުމަށް ފަހުގައި ކަމަށާއި، އެހެންވީމާ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވުނު 11 މެންބަރުން އެންޓި ޑިފެކްޝަން ޤަނޫނުގެ 3 ވަނަ މާއްދާގެ މިބުނާ އެއްވެސް ހާލަތެއް އަދި ނުހިގާނެ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީއިންތިޚާބުވެފައިވާ މެމްބަރުން މެމްބަރުކަމުގެ ހުވާކުރުމަށްފަހު ބާއްވަ ފުރަތަމަ ޖަލްސާއިން ފެށިގެން އެބޭފުޅުންގެ މައްޗަށް މިޤާނޫނު ހިނގަން ފަށާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކޮށް ހޮވުނު 11 މެންބަރުންގެ ތެރެއިން ޕީއެންސީއާއި 7 ބޭފުޅަކު ވަނީ ގުޅިވަޑައިގެންފައެވެ.

އެބޭފުޅުންނަކީ:-

1) ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

2) ޙަސަން ޒަރީރު – މަތިވެރި ދާއިރާ

3) އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

4) އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

5) ޔާސީން ޢަބްދުالله - ނައިފަރު ދާއިރާ

6) ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

7) މުޙައްމަދު ރަޝީދު (ރަޝީދުބެ) - ނޮޅިވަރަމް ދާއިރާ

އިންތިޚާބީ މެމްބަރުން މެމްބަރު ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މިފެށޭ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top