Close

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގަމާއި ފޮނަދޫ ރައްޔިތުން ވޯޓުލާނީ މޭޔަރުން ހޮވަން: ވަޒީރު ފައިސަލް

އަންނަ ލޯކަލަ ކައުންސިލް އިންތިޚާބުގައި ލާމު އަތޮޅު ގަމާއި ފޮނަދޫގެ ރައްޔިތުން ވޯޓުލާނީ މޭޔަރުން ހޮވުމަށް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިޞަލް މިހެން ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓި ޕީއެންސީ އަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ، ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވާ ތަން ދެކެން ބޭނުންވާކަމަށާއި، އެ ދެ ރަށް ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްޤީގެ ހުރިހާ ކަމެއް ސަރުކާރުން ޤާއިމު ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށް، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ވެސް ސަރުކާރުން ގާއިމު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރު ފައިސަލް ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އެންމެ ތަރައްޤީވެފައިވާ އަތޮޅަކަށް ލާމު އަތޮޅު ހައްދަވާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ، ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި ގަމާއި ފޮނަދޫގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބުކަމަށާއި ސިޓީއެއްގެ ދަރަޖައަށް ބަދަލުކުރެވި، އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިހާރު އޮތީ ލ. އަތޮޅާއި ހިސާބަށް އައިސްފައި ކަމަށާއި އެކަން ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށް ވިދާޅުވެ ވަޒީރު ވަނީ ސަރުކާރަށް މިފަދަ ކާމިޔާބެއް ހޯދައިދިނީތީ ޕީއެންސީގެ ނަމުގައި ލ އަތޮޅު ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top