އައްޑޫ ސިޓީ އަށް ވިއްސާރަވެ ހަތަރު ގެއަަކަށް ގެއްލުންވެ އެގޭގެ މީހުން ވަގުތީ ހިޔަލަށް ބަދަލުކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އައްޑޫ ސިޓީގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެނުގެ އަސަރުކުރަމުންދާ ކަމަށެވެ.
އަދި، 4 ގެއެއްގައި ދިރިއުޅެން ދަތިވާވަރަށް ފެންބޮޑުވެ، އެގޭގޭގައި ދިރިއުޅޭ އައިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން ދާކަމަށްވެސް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
ރޭ އައްޑޫ ސިޓީގެ ފޭދޫގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް އިން ވަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގުގުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް، މެދު ރާއްޖެ ތެރެެއާއި ދެކުނަށް މެންދުރު ފަހުން ވިއްސާރަ ކުރާނެއެވެ.






