Close

ގާދޫގައި ގާއިމްކުރާ މެރިޓައިމް ހަބް ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ފަށައިފި!

ފޮޓޯ: އެމްޕީއެލް

ލ.ގާދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މެރިޓައިމް ހަބް ހެދުމަށް ކުރަން ޖެހޭ ސާވޭގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތަކީ ޗައިނާގެ ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓަޑް ( ސީ.އޭ.އެމް.ސީ.އީ) އާއި ހަވާލުކޮށްގެން ކުރާ މަސައްކަތެކެވެ.

މި މަހުގެ 11 ވަނަ ދުވަހު އެ ކުންފުންޏާއި ހަވާލު ކުރި މި މަޝްރޫއު އަކީ މެރިޓައިމްއާ ގުޅުންހުރި ގިނަ ޚިދުމަތްތަކަކާއެކު ހައްދުންމަތީ ގާދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫޢަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް އެމްޕީއެލްއާއި ސީ.އޭ.އެމް.ސީ.އީ އިންޖިނިއަރިންގ ކޮމްޕެނީގެ ޓީމުން ފަށާފައިވާއިރު، ދެ ކުންފުނީގެ ޓީމަކުން ވަނީ ގާދޫއަށްގޮސް އެކަމަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައެވެ. އެގޮތުން މި ސަރވޭގައި ސީ.އޭ.އެމް.ސީ.އީ ކުންފުނިން 7 ތަޖުރިބާކާރުން ބައިވެރިވިއިރު، އެމް.ޕީ.އެލްގެ ޓެކްނިކަލް ޓީމެއްވެސް މި ސަރވޭގައި ވަނީ ބައިވެރިވެފައެވެ.

އެމް.ޕީ.އެލުން ބުނެފައިވަނީ ލ. ގާދޫއަކީ ވެލާ ކަހަނބު ބިސްއަޅައިި، އަލާވާކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވާތީ، މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި، އަދި ގާދޫގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރެވޭ ކޮންސެޕްޓަކަށްކަމަށާއި މަޝްރޫޢުގެ ކޮންސެޕްޓްގެ މަސައްކަތްތައް ނިންމާލާނީ ތިމާވެއްޓާއި ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުކަމަށެވެ.

މި ކަމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top