Close

ފްލެޓްތައް އިމާރާތް ކޮށް ނިމެންވާއިރަށް ކޮމިޓީގެ ނިންމުންތައްވެސް ނިމޭނެ: ހީނާ

ފްލެޓްތަކުގެ ޢިމާރާތުގެ މަސައްކަތްތައް ނިމެންވާއިރަށް ފްލެޓް ކޮމިޓީގެ ނިންމުންތައް ނިމި ފްލެޓްގެ ހައްޤުވެރިންނަށް ފްލެޓްތައް ހަވާޅުކޮށް ނިމޭނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވަހަކަފުޅުދައްކަވަމުންނެވެ.

މިއަދުގެ ނޫސްވެރިން ބައްދަލުވުމުގައި ނޫސްވެރިޔަކު ފްލެޓްތަކުގެ ހައްޤުވެރިންނަށް އެތަންތަން ހަވާލު ކުރެވޭނެ ތާރީޚަކާއި ބެހޭ ގޮތުން ކުރެއްވެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ފުލެޓް ތަކާއި ގުޅިގެން ހުރި ޝަކުވާ ތަކާއި ބަލަންޖެހޭ ކަންކަން ބެލުމަށް އުފައްދާފައިވާ ފުލެޓް ކޮމިޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

އަދި ސަރުކާރުގެ އުއްމީދަކީ އެ ކޮމިޓީގެ މަސައްކަތް ވޭހާވެސް އަވަހަށް ނިމި، ފުލެޓްގެ ހައްގުވެރިންނަށް އެ ހަވާލު ކުރެވުން ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓަށް 21،000 މީހުން ކުރިމަތިލައިފައިވެއެވެ. އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކުރީ ސަރުކާރުން ކަނޑައަޅައި، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައެވެ.

ނަމަވެސް އެ ލިސްޓު އޭސީސީއިން ބެލުމަށްފަހު އޭގެ ތެރޭގައި ޝަރުތުހަމަނުވާ ގިނަ ބަޔަކު ތިބިކަން ވަނީ ހާމަކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top