Close

ކޮޕީ ރައިޓްގެ ޤާނޫނު އިސްލާޙް ކުރަން ހުށައަޅައިފި!

ދިވެހި ރާއްޖޭގެ ކޮޕީ ރައިޓާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ޙަކީމް ހުށައަޅުއްވައިފައިވަނީ ކޮޕީރައިޓް ގާނޫނުގެ ދަށުން ހިމާޔަތް ލިބިދޭ އުފެއްދުން ތަކާއި، އެނޫން އުފެއްދުންތަކުގެ ތަފްސީލް އެނގޭ ހެން ކޮޕީރައިޓްގެ ގާނޫނަށް ބަދަލު ގެނައުމަށެވެ.

މި ބިލު ހުށަހެޅުމުގެ މަޤްސަދުގެ ގޮތުގައި ބިލް ހުށައެޅުއްވެވި ޢަބްދުލް ޣަނީ ވިދާޅުވީ، ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްޤު ތަކުގެ ޤާނޫނުގެ ދަށުން ހިމާޔަތް ލިބިދޭ އުފެއްދުން ތަފްސީލް ކުރުމާއި، ޤާނޫނުގެ ދަށުން ކޮޕީ ރައިޓްގެ ހައްޤު ތަކަށް އަރައުގަތް ކަމަށް ނުބެލެވޭ އިސްތިސްނާ ހާލަތްތައް ކަނޑައެޅުން ކަމަށެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ އާއި، ވިޔަފާރި ފައިދާ އަކަށް ނުވާ ގިތަށް ދިރާސާ ކުރުމުގެ ބޭނުމަށް ލިބުދޭ އިސްތިސްނާ ކަނޑައެޅުން ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކޮޕީ ރައިޓްގެ ގާނޫނުގައި އުފެއްދުމެއްގެ އިގްތިޞާދީ އަދު އަޚްލާގީ މުއްދަތުގެ ގޮތުގައި ކަނޑަ އަޅާފައިވާ 50 އަހަރު 70 އަހަރަށް ބަދަލު ކުރުމަށްވެސް އިސްލާހުގައި ހުށަހަޅާފައުވެއެވެ.

މީގެއިތުރުން އެ ޤާނޫނަށް ގެންނަ އިސްލާހާއެކު، ކޮޕީ ރައިޓާއި މުސައްނިފުންގެ ހައްޤުތައް އިތުރަށް ހަރުދަނާ ކުރެވިގެން ދާނެ ކަމަށްވެސް މެމްބަރު ޣަނީ ވިދާޅުވިއެވެ.

އަދި ލިބޭ ގެއްލުން ތަކަށް ބަދަލު ހޯދުމާއި، ކޮޕީ ރައިޓްގެ ހައްޤު ލިބުގެންވާ ފަރާތްތަކުގެ ޖަމިއްޔާ އެއްވެސް ޤާނޫނުގެ ދަށުން އުފެދިގެންދާނެ ކަން އޭނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top