Close

ރައްޔިތުންގެ މަޖިލީހުން 8 ސަފީރަކަށް ރުހުންދީފި!

ރައްޔިތިުންގެ މަޖިލީހުން 8 ސަފީރަކަށް ރުހުންދީފިއެވެ.

ސަފީރުންނަށް ރުހުން ނުދީ އެތައް ދުވަސްތަކަކަށްފަހު، މި ސަފީރުންނަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުންދީ މަޖިލީހުގެ ތަޅުމަށް ފޮނުވީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

މިއަދު މަޖިލީހުން ރުހުން ދިން ސަފީރުންނަކީ:

1) އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ހުސައިން ޝަރީފް

2) އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް

3) އދ.ށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުޙައްމަދު

4) ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް މައްސޫދު އިމާދު

5) މެލޭޝިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އަޙްމަދު

6) ބެލްޖިއަމަށް ކަނޑައަޅުއްވާ ސަފީރުކަމަށް ގީލާ އަލީ

7) ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، ޑރ. ސަލްމާ ރަޝީދު

8) ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ލުވައިޒް

މި ބޭފުޅުންގެ އިތުރުން ވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް ޝިއުނީން ރަޝީދުގެ ނަން ފޮނުއްވާފައެވެ.

މި ބޭފުޅުންނާއި މެދު ކޮމިޓީން ގޮތެއް ނިންމާފައިނުވަނީ ވަނަވަރު އަދި ކޯޓުން ސާފު ނުވާތީ އެބޭފުޅުންގެ އިންޓަވިއު ނުބާއްވާތީ ކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ޖަލްސާގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top