އައްޑޫގެ ފޯ ލޭން ޑީޓުއަރ ލިންކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެވުޒާރާއިން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއް ގައި ބުނެފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެމަސައްކަތް ފަށައިފައިވާ ކަމަށާއި މިހާތަނަށް 200 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައި ނިމިފައިވާ ކަމަށެވެ.
އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގައި (four-lane detour link) ތާރު އެޅުމުގެ މަސައްކަތް ވަނީ 18/04/2024 ގައި ފެށިފައެވެ.
މި މަޝްރޫޢުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓސް ހިމެނެއެވެ.
މި ލިންކްގެ ދިގުމިން: 1.463km
އަދާހަމަޔަށް ތާރު އެޅިފައިވާ މިންވަރު: 200m pic.twitter.com/XF20K3wyNZ
— Ministry of Construction and Infrastructure (@MoCImv) April 29, 2024
މި ބްރިޖަކީ ލިންކް ރޯޑުން ގޮސް ވަކިން އޮންނަ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުން އަޅަމުންދާ ބްރިޖެކެވެ. މި ބްރިޖުގެ ދިގު މިނުގައި 631.4 ކިލޯމީޓަރު ހުންނާނެ ކަމަށް ޢިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި ބްރިޖު އަޅަމުންދަނީ އައްޑޫ ސިޓީގެ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުން ދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާ ގުޅާލުމަށެވެ.
އައްޑޫގައި މަގުހެދުމުގެ މައިގަނޑު ދެ މަޝްރޫޢެއް ކުރިއަށް ދާ އިރު، ބްރިޖު ހިމެނޭ މި މަޝްރޫޢަށް ސަރުކާރުން 1.19 ބިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރެވިފައިވާ މި މަސައްކަތް، ސަރުކާރުން ހަވާލުކޮށްފައިވަނީ ތިލަ މާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިޔާގެ އެފްކޮންސް ކުންފުންޏާއެވެ.







