Close

ޙައްޖު ދަތުރާއި ޢުމްރާ ދަތުރުގެ އަގު ކުޑަކުރަނީ!

ޙައްޖު ކޯޕަރޭޝަނުން ޙައްޖު ދަތުރާއި ޢުމްރާ ދަތުރުގެ އަގު ކުޑަކުރުމަށް މަސައްކަތް ފަށައިފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ޤާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

“ޙައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ޙައްޖު ކޯޕަރޭޝަން ހަދައި ޙައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ފަށައިފިން” ޝަކީލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ޙައްޖު ކޯޕަރޭޝަނަށް ގެންނަ ބަދަލުތަކާއެކު ރާއްޖެއިން ޙައްޖާއި ޢުމްރާއަަށް ގެންދިޔުމުގެ އަގުކުޑަ ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ކުރިން ވިދާޅުވެފައިވެއެވެ.

އަދި ޙައްޖުގެ އަގު ކުޑަކުރުމަށް އިސްލާމިކް މިނިސްޓްރީއިންވެސް ސަރުކާރާއި ހަވާލުވުމާއި އެކުވަނީ މަސައްކަތްތަކެއް ފަށާފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top