މިފާއިތުވި ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލް ބޮޑުތަނުން ބޮޑުވެ ރައްޔިތުންގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އެކަން ހައްލު ކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ކަމާއި ބެހޭ ފަރާތްތަކަށް އަންގަވައިފިއެވެ.
ސަރުކާރިގެ ފަރާތުން މިކަން ހާމަކުރައްވަފައިވަނީ ރައީސްއޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވެފައިވަނީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސް ޑރ މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. ފެނާއި ކަރަންޓު ބިލުތަކުން، ރައީސް މުޢިއްޒު އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވައިފިކަމަށް ހީނާ ވިދާޅުވެފައިވެއެވެ.
ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދެއް. ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި.
— Heena Waleed (@MvSpokesperson) May 2, 2024
މިދިޔަ މަހުގެ ކަރަންޓު ބިލްތައް ލިބުނު އިރު ބިލްތައް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ހިތްހަމަ ނުޖެހުން ފާޅުކޮށް އެކަމުގެ އަޑު ވަރަށް ބޮޑަށް ގަދަވެގެން ދިޔައެވެ.






