Close

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި މެދު ސަޢުދީ އާއިއެކު މަޝްވަރާކޮށްފި!

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި މެދު ސަޢުދީ ޢަރަބިއްޔާއާއި އެކު މަޝްވަރާކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ، މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް، އައްޔަން ކުރުމާ ގުޅިގެން އެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އަހަރީޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ސައުދީޢަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެ ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ދެއްވި އިންޓަވިއުގައެވެ.

އެގޮތުން ޝަހީމް ވިދާޅުވީ، ސަޢުިދީއަށް ކުރެއްވި އެ ދަތުރުފުޅުގައި ސަޢުދީޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ ބައްދަލުކުރައްވައިފައި ވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ޑރ ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މުސްލިމް ވޯލްޑް ލީގާއި ރާއްޖެއާ އޮންނަ ގުޅުން ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެގެން ދާނެ ކަމަށެވެ. އަދި ޖަލްސާގެ ހަވާސާގައި ސަޢުދީޢަރަބިއްޔާގެ އިސްލާމީ ކަންތައްތަތަކާ ބެހޭ ވަޒީރާ ބައްދަލުކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެ ބައްދަލުވުމުގައި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި، ޙައްޖުގެ ފަހުން ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ ކަންކަން ކުރިއަށް ގެންދެވޭތޯ، އެތަން ހުޅުވުމަށް ހަރަމްފުޅުގެ ކޮންމެވެސް އިމާމެއް ގެނައުމަށް މަޝްވަރާކުރެވުނު ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ސަލްމާން މިސްކިތަކީ ސައުދީގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒްގެ އެހީގައި މާލޭގެ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި، ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރެވުނު ހަ ފަންގިފިލާގެ ސަލްމާން މިސްކިތެކެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top