Close

މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވަން ލިބުމަކީ ލިބޭ ހިތްހަމަޖެހުމެއް: ނައިބުރައީސް ހުސެއިން

މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީ.އެސް.އެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގެ ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ޕީ.އެސް.އެމް. ނިއުސް އިން ރޭ ދުރަށް ދެއްކި މި ބަސްދީގަތުމުގައި ވާހަކަފުޅުދައްކަމުން ނައިބު ރައީސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ އަދި ޕީ.އެސް.އެމް ނިއުސްގެ ހަތްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގެ އިޚްލާސްތެރި ތަޙުނިޔާ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަރިސްކުރައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނަށް މިފަދަ ދުވަހެއްގައި ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަދި ނޫސްވެރިންނަށާއި މުޖުތަމަޢުގެ އެހެން އަފުރާދުންނަށްވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށްފައި ހޮވާ ސަރުކާރަކުން، އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެކަމުގެ ޔަޤީންކަން ނައިބު ރަޢީސް ހުސެއިން ދެއްވިއެވެ. ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިޙުސާސްކުރެއްވޭ ކަމުގައި ވިދާޅުވެ ނައިބު ރައީސް ހުސެއިން ވިދާޅުވީ 2023 ގެ ރިޔާސީ އިންޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސުު މުޢިއްޒު، އިންތިޤާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއްކަން ނަިބުރައީސް ހުސެއިން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސް މަސައްކަތްޕުޅު ފެއްޓެވިކަމުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top