Close

މިމަހުގެ ދިހައެއްގެ ނިޔަލަށް އިންޑިޔާ ސިފައިން ބާލައި ނިމޭނެ: ސަރުކާރު

މިމަހުގެ ދިހައެއްގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބާލައި ނިމޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިޔާ ސަރުކާރާއެކު އެޤައުމުގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ހައި ލެވަލް ކޯރ ގްރޫޕްގެ 4 ވަނަ ބައްދަލުވުމަށްފަހު ރާއްޖެގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިޔާ ހުރިހާ ސިފައިން އަނބުރާ ގެންދާނެކަމުގެ ޔަޤީންކަން އިންޑިޔާ އިން ދީފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކަނޑައަޅާފައިވާ ގޮތަށް ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށްވެސް ބުނެފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ތަރައްޤީއާއި ދިފާޢީ ގޮތުން އެއްބާރުލުން ދިނުން ހިމެނޭ ފަދަ ދާއިރާތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ހައިލެވެލް ކޯރ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން ދެފަރާތުން އެއްބަސްވާ ތާރީޚެއްގައި ޖޫން ނުވަތަ ޖުލައި މަހު މާލޭގައި ބޭއްވުމަށް ވެސް މި ބައްދަލުވުމުގެ ތެރެއިން ކަނޑައެޅިގެން ދިޔަ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ.މުޢިއްޒުގެ އެންމެ ބޮޑު އެއް ވައުދެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top