Close

އިއްޔެ ބޭއްވި ބައި އިލެކްޝަން އިން ހަތަރު ގޮނޑި ކާމިޔާބު ކުރީ ސަރުކާރުގެ ކެންޑިޑޭޓުން!

އިއްޔެ ބޭއްވި ހަތް ދާއިރާއެއްގެ ބައިއިލެކްޝަން އިން ހަތަރު ގޮނޑިއެއް ސަރުކާރުގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.‏

އިއްޔެ ބާއްވައިފައިވަނީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމުގެ އިންތިޚާބާއި، ހއ.އުތީމު، ނ.ވެލިދޫ އަދި ނ.ލަންދޫގެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމުގެ އިންތިޚާބު އަދި ހއ.ތަކަންދޫ އާއި ރ.އިންނަމާދޫގެ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމުގެ އިންތިޚާބެވެ.

މި 6 އިންތިޚާބުގައި ޕީއެންސީއިން ވަނީ 4 ގޮނޑި ކާމިޔާބު ކޮށްފައެވެ. ބާކީ ދެގޮނޑިން އެއް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ. އަނެއް ގޮނޑި ކާމިޔާބު ކުރީ ދަ ޑިމޮކްރެޓްސް އިންނެވެ. މިއި އެޕާޓީ އިން އިން އިންތިޚާބު ކުރި ފުރަތަމަ ފަހަރެވެ.

މ. މަޑުއްވަރީ ކައުންސިލްގެ ގޮނޑި ޑިމޮކްރެޓްސްގެ މުޙައްމަދު އާސިމް އަލީ (ޓޮޓީ) ކާމިޔާބު ކުރައްވާފައިވަނީ ސަރުކާރުގެ ކޮންގްރެސް ޕާޓީގެ އަބްދުالله އަލީއާ ވާދަކުރައްވާ 50 ވޯޓުގެ ތަފާތަކުންނެވެ.

ހއ. އުތީމު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު އައުފާ ވާދަކޮށް އެންމެ 5 ވޯޓުގެ ތަފާތުން ކޮންގްރެސްގެ އިބްރާހީމް ސުނާނެވެ.

ނ. ވެލިދޫ ކައުންސިލުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓު އައިމިނަތު ޝިފާޒާއާ ވާދަކުރައްވާ 100 ވޯޓުގެ ތަފާތާއެކު ކޮންގްރެސް ޕާޓީގެ އަބްދުالله އަބްދުއްރައްޒާޤެވެ.

ނ. ލަންދޫ ކައުންސިލުގެ ގޮނޑި 303 ވޯޓާއެކު ކާމިޔާބު ކުރީ އެމްޑީޕީން ވާދަކުރި ކެނޑިޑޭޓު އަބްދުالله އާރިފެވެ. އާރިފު އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ކޮންގްރެސްގެ ކެނޑިޑޭޓް މުޙައްމަދު ޝުޖާއުއާ ވާދަކޮށްގެންނެވެ. މި އިންތިޚާބުގައި ޝުޖާއު އަށް ލިބުނީ 271 ވޯޓެވެ.

ކައުންސިލްގައި އަންހެނުނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން، ތަކަންދޫގެ ކައުންސިލަށް އިންތިހާބުވެފައި ވަނީ ޕީއެންސީގެ ސަމީނާ މުހައްމަދެވެ. އަދި އިންނަމާދޫގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ މެމްބަރު އައިޝަތު ސަމާހާ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top