Close

މިވެރިކަމުގެ މިހާތަނަށް އައިރު އިންޑިޔާ ސިފައިންގެ 51 މީހަކު ރާއްޖެއިން ބޭރުކުރެވިއްޖެ!

މިސަރުކާރަށް ފެށިގެން މިހާތަނަށް އައިރު ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ ތެރެއިން 51 މީހަކު ރާއްޖެއިން ބޭރުކުރެވިއްޖެ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ހީނާ ވިދާޅުވީ، މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި އިންޑިޔާގެ 51 ސިފައިން އެނބުރި ޤައުމަށް ގޮސްފައިވާ ކަމަށެވެ. އަދި މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިޔުމަކީ އެއްބަސްވުމުގައި އެކަން އޮތް ގޮތްކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެކަމަށެވެ.

ދާދި ފަހުން އިންޑިޔާ ސަރުކާރާއެކު އެޤައުމުގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ހައި ލެވަލް ކޯރ ގްރޫޕްގެ 4 ވަނަ ބައްދަލުވުމަށްފަހު ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައިވެސް ވަނީ ރާއްޖޭގައި ތިބި އެޤައުމުގެ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާކީ ތިބި ހުރިހާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެނބުރި ޤައުމަށް ފޮނުވާލެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ.މުޢިއްޒުގެ އެންމެ ރިޔާސީ އެންމެ ބޮޑު އެއް ވައުދެވެ.

ރާއްޖޭގައި ތިން ޕްލެޓްފޯމެއްގައި ތިބި އިންޑިޔާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފައިބާފައި ވަނީ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ. އެދުވަހު އިންޑިޔާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ސިޓީ ގަމުގައި ތިބި 26 ސިފައިން ފޮނުވާލާފައިވާއިރު، އެމީހުންނާއި އެކު އިންޑިޔާގެ ހެލިކޮޕްޓަރުވެސް ވަނީ ފޮނުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top