Close

ކުރިއަށް އޮތް ހަތަރު މަހު ޢާންމު މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ: މެޓް އޮފީސް

ކުރިއަށް އޮތް ހަތަރު މަހު ޢާންމު މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި އަހަރުގެ ޖޫން, ޖުލައި, އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ޢާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ރާއްޖޭގެ ދެކުނަށް އެ ހަތަރު މަހު، ވާރޭވެހޭނީ ޢާންމުކޮށް ވެހޭ މިންވަރަށްވުރެ މަދުން ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނެފައިވަނީ، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް, ޢާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top