Close

މާލޭ އިންޑަސްޓްރިއަލް ވިލެޖުން 3ދުވަސް ތެރޭ 928 ޓަނު ކުނި ނަގައިފި!

މާލޭ އިންޑަސްޓްރިއަލް ވިލެޖުން 3 ދުވަސް ތެރޭ 928 ޓަނު ކުނި ނަގައިފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށް ދާ ކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން މިހާތަނަށް އެސަރަހައްދުން 928 ޓަނުގެ ކުނިނަގާފައިވާ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

ހަމަމިއާއި އެކު، އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާކަން ހާމަކުރައްވާ، މިހާތަނަށް ސާފުކުރެވުނު ސަރަހައްދުގެ ވީޑިއޯއެއް ވެމްކޯއިން ވަނީ ޢާންމުކޮށްފައެވެ.

އިންޑަސްޓްރިއަލް ވިލެޖް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވަނީ، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) އަދި، ދިވެހި ފުލުހުންގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top