Close

ބޭރުގެ ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތައް ހިމެނޭހެން 9 ބޭފުޅަކު ސަފީރުކަމަށް އައްޔަނުކުރައްވައިފި!

ބޭރުގެ ބައެއް ޤައުމުތަކާއި ބައިނަލް އަޤްވާމީ ޖަމިއްޔާތައް ހިމެނޭހެން 9 ބޭފުޅަކު ސަފީރުކަމަށް އައްޔަނުކުރައްވައިފިއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ މި 9 ސަފީރުންނަށް އެބޭފުޅުންގެ މަގާމުގެ ފަތްކޮޅު އަރުއްވާފައެވެ.

އެގޮތުން ސަފީރުކަމަށް ރައީސް ޑރ.މުޢިއްޒު އައްޔަނު ކުރެއްވި 9 ބޭފުޅުންނަކީ:

1. އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފު

2. އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އަލްފާޟިލާ އިރުތިޝާމް އާދަމް

3. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު

4. އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު

5. ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، އަލްފާޟިލާ ޤީލާ ޢަލީ

6. މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު

7. ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، އަލްފާޟިލް މަސްޢޫދު ޢިމާދު

8. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު

9. ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، އަލްފާޟިލް މުޙައްމަދު ލުވޭޒު

މި 9 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ނަންތައް ކޮމިޓީ މަރުހަލާގައި ހުންނަތާ ދުވަސްތަކެއް ވީފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top