ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިޔާއަށް ވަޑައިގަންނަވާނެކަމުގައި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އިއްޔެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަޒީރުގެ މި ދަތުރުފުޅަކީ މާދަމައިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
Foreign Minister Moosa Zameer to undertake an Official Visit to India
📃 Press Release | https://t.co/OELsgY0r7c pic.twitter.com/T8GLlngEaN
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 7, 2024
ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއާއި އިންޑިޔާގެ ގުޅުމާ މެދު ދެ ވަޒީރުން މަޝްވަރާކުރައްވާނެކަމުގައިވެސް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
ވަޒީރު ޒަމީރު އިންޑިޔާއަށް ކުރައްވާ މި ދަތުރުފުޅަކީ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު އިންޑިޔާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އިންޑިޔާ އަކީ ޒަމާނުއްސުރެ ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަމުންދާ ޤައުމެކެވެ.






