ސަރުކާރުގެ އަމާޒަކީ ތެލެސީމިޔާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަސް ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުން ކަމަށް ސިއްޚީ ވުޒާރާގެެ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު ޙަލީލް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ބައިނަލް އަޤްވާމީ ތެލެސީމިޔާ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ވަޒީރު ޙަލީލް ވިދާޅުވީ ބައިނަލްއަޤްވާމީ ތެލަސީމިޔާ ދުވަސް ފާހަގަކުރަމުންދާއިރު ތެލެސީމިޔާ ތަހައްމަލު ކުރާ ހުރިހާ އެންމެންނަށް ހަމަހަމަ ކަމާއެކު ފެންވަރު ރަނގަޅު ފަރުވާއެއް ލިބެން ޖެހޭކަމަށެވެ.
ހަމައެއާއިއެކު ސަރުކާރުގެ އަމާޒަކީ ތެލަސީމިޔާ ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހަމަހަމަކަމާއެކު، ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުންކަމަށާއި ސަރުކާރުން ވަޢުދުވެފައިވާ ފަދައިން ތެލަސީމިޔާއިން މުޖުތަމަޢު ރައްކާތެރިކުރުން ކަމަށެވެ.
ޙަލީލް ވިދާޅުވީ މި ސަރުކާރުން ވައުދުވެފައިވަނީ ތެލެސީމިޔާ ހުއްޓުވުމުގެ އިތުރުން މެނޭޖްކޮށް، ތެލަސީމިޔާ ތަހައްމަލު ކުރާ ކޮންމެ ފަރުދަކަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާގެ ހައްގު ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ތެލެސީމިޔާ ބަލި ޖެހޭ ފަރާތްތަކަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށާއި ތެލެސީމިޔާ ބައްޔަށް ފަރުވާ ކުރާ ފަރާތްތަކަށާ ތެލެސީމިއާ އަށް ޓެސްޓު ކުރުމަށް ކުރަންޖެހޭ ކަންކަމަށް ގިނަ ލުއި ތަކެއް ހޯދައި ދެއްވުމަށް މި ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






