Close

ސަރުކާރުގެ ޚަރަދުގައި ޙައްޖަށްދާ 50 މީހުން މިއަހަރު ޙައްޖަށްދާނެ: ވަޒީރު ޝަހީމް

ސަރުކާރުގެ ޚަރަދުގައި ޙައްޖަަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން ފުރަތަމަ 50 މީހުން މިއަހަރު ޙައްޖަށް ދާނެ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވީ އިއްޔެ އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ އިސްލާމީ ވުޒާރާގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޑރ ޝަހީމް ވިދާޅުވީ ފަޤީރުން ޙައްޖަށް ފޮނުވުމުގެ އުސޫލުގެ ދަށުން މިއަހަރު ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވާ 50 މީހުން ދަތުރަށް ތައްޔާރުކުރުމުގެ ގޮތުން އެމީހުންނާއި ވާހަކަދެކެވި ދަތުރުގެ ތައްޔާރީތައް ކުރެވެމުންދާ ކަމަށެވެ.

ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން 50 މީހަކު ކޮންމެ އަހަރަކު ޙައްޖަށް ފޮނުވުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯ ގައި ހިމެނޭ ކަމެކެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، އެމީހުން ހޮވާފައިވަނީ ފަގީރުންގެ ދަފްތަރުން ގުރުއަތު ލައިގެން ކަމަށެވެ. އަދި މީހުން ހޮވާފައިވަނީ އެއްވެސް ނުފޫޒެއް ނެތި ކަމަށާއި، ބޭނުންނުވާ މީހަކު ވެސް ހޮވިފައި އޮވެދާނެ ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ މި މަސައްކަތުގައި ކޮންމެ އަހަރަކު މިއަށްވުރެ އިތުރަށް މީހުން ގެންދެވުނު ނަމަވެސް މިއީ ކޯޓާ އާއި ގުޅިފައިވާ ކަމަކަށްވާތީ މިފަހަރު 50 މީހުން ހޮވާފައިވަނީ ލިބިފައިވާ ކޯޓާ ގެ މައްޗަށް ބިނާކޮށްކަމަށް ވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި 1000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަމާޒެއްކަން ފާހަގަކުރައްވައި ވަޒީރު ޝަހީމް ވިދާޅުވީ މިއީ އިސްލާމީ ދައުލަތެއްގެ ތެރޭގައި ބިނާ ކުރެވޭ ރަނގަޅު އަސާސެއް ކަމަށެވެ.

 

 

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top