އުތުރުތިލަފަޅުގައި ކުރިން އިންޑިޔާ ސިފައިން ތިބި ކަމަށާއި ނަމަވެސް މިހާރު އެތާ ތިބި އިންޑިޔާ ސިފައިން އެތަނުގައި ނުތިބޭނެ ކަމަށް ދިފާއީ ވަޒީރު ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ޤައުމަށް ފޮނުވައިލާ، އޭގެ ބަދަލުގައި އެ އަދަދަށް މަދަނީ މީހުން ގެނައުމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅުގައި އިންޑިޔާގެ ސިފައިން ތިބިކަމަށް ބުނެ ކުރިން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެއްކެވި ވާހަކަތަކަކީ ދޮގުތަކެއްކަމަށް ބުނެ، އެވާހަކަތައް ދެއްކެވި ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ތޯ ނޫސްވެރިޔަކު ސުވާލުކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޣައްސާން ވިދާޅުވީ، ކުރިން އެތަނުގައި އިންޑިޔާ ސިފައިން ތިބި ކަމަށާ، އެކަން ލިޔެކިޔުން ތަކުން ސާފުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އުތުރު ތިލަފަޅުފައި އިންޑިޔާ ސިފައިން ނުތިބޭނެކަން ޣައްސާން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.






