Close

ނަރުހުން އަދާ ކުރަމުންދަނީ ޤައުމީ ވާޖިބެއް: ރައީސް ޑރ މުޢިއްޒު

ޚިދްމަތުގައި ތިއްބަވައި ނަރުހުން ކުރަމުންދަނީ ޤައުމީ ވާޖިބެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރެވެމުންދާ ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހާއި ގުޅިގެން އެމަނިކުފާނު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ރައީސް ޑރ މުޢިއްޒު ވިދާޅުވީ ޚިދްމަތުގެ އެންމެ ކުރީ ސަފުގައި ތިއްބަވައިގެން ނަރުހުން އަދާ ކުރައްވަމުން ގެންދަވަނީ ޤައުމީ ވާޖިބެއް ކަމަށެވެ. އަދި އިންސާނިއްޔަތުގެ އަގުހުރި ޒިންމާއެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަސް މިއަދު ފާހަގަކުރެވެމުންދާއިރު މިއަދުގެ ޝިއާރެއްގެ ގޮޮތުގައި ކަނޑައަޅައިފައިވަނީ "އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ" އެވެ.

މިއީ ނަރުހުންނަށް ޚިދުމަތުގެ ތެރޭގައި މާލީގޮތުން ދިމާވާ އެކިގޮންޖެހުންތަކާމެދު ވިސްނާ، އެކަންކަމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.

މި ޝިއާރު ކަނޑައަޅައިފައިވަނީ އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސްއިންނެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top