Close

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޤަޠަރަށް!

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޤަޠަރަށް ވަޑައިގެންފިއވެެ.

މި މަހުގެ 11 އިން 13 އަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ޤަތަރުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުލްރަޙްމާން ބިން ޖާސިމް އަލް-ޘާނީއާ ބައްދަލުކުރައްވާނެ ކަމަށް ވަޒީރު ޒަމީރު ހާމަކުރައްވައިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ދަތުރުފުޅާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން މި ދަތުރުފުޅުގެ ތެރެއިން ވަޒީރު މޫސާ ޒަމީރު އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ މެދުގައި ގުޅިގެން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެ ވުޒާރާގެ ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ. ފަޒީލް ނަޖީބު ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top