Close

އެކިފަރާތްތަކުން ދައުލަތަށް ނުދައްކައިހުރި 797.8 މިލިއަން ރުފިޔާ ހޯދައިފި!

އެކިފަރާތްތަކުން ދައުލަތަށް ނުދައްކައިހުރި 797.8 މިލިއަން ރުފިޔާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މީރާއިން ހޯދައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މީރާއިން އާއްމު ކުރި 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުންނެވެ.

އެރިޕޯޓް ދައްކާ ގޮތުގައި މީރާއަށް ނުދައްކާ ހުރި ފައިސާ ތަކުގެ ތެރެއިން އެ އިދާރާއިން ޖުމްލަ 797,881,973 ރުފިޔާ ހޯދިއިރު، އޭގެ ތެރެއިން އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން 488,862,327 ރުފިޔާ ވަނީ ހޯދާފައެވެ.

ހަމައެއާއިއެކު، ޑިއުސް ކްލިއަރެންސް ކޮށްގެން މީރާއިން 227,918,455 ރުފިޔާ ހޯދިއިރު، އެކައުންޓްތައް ފްރީޒްކޮށްގެން 43,336,306 ރުފިޔާ ވަނީ ހޯދާފައިވާކަން މީރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ވެސް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން ވެސް އެ އިދާރާއިން ވަނީ އެކި ފަރާތްތަކުން ނުދައްކާ ހުރި 12,555,033 ރުފިޔާ ހޯދާފައި ވާކަމަށް މީރާއިން ބުނެއެވެ.

މީރާގެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ހާމަކުރާ ގޮތުގައި ޓެކްސް ބަޔާން ހުށައަޅާފައި ނުވާތީ 9،244 ފަރާތަކަށް އަދި ޓެކްސް ނުދައްކާތީ 5،860 ފަރާތަކަށް ފައިނަލް ނޯޓިސް ވަނީ ދީފައެވެ.

އަދި އިންސްޓޯލްމަންޓް އުސޫލުން ޓެކްސް ފައިސާ ދެއްކުމުގެ ފުރުސަތު 231 ފަރާތަކަށް މީރާއިން ދީފައިވާއިރު، އެއީ ޖުމްލަ 502,848,351 ރުފިޔާ ކަމަށް މީރާގެ ރިޕޯޓުން އެނގެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top