Close

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތައް އޭސީ ކުރަނީ!

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ސަރުކާރު ސްކޫލްތަކުގެ ކްލާސް ރޫމްތައް އޭސީ ކުރުމަށް ނިންމަވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ތަޢުލީމީ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެގޮތުން ކުރިއަށް އޮތް ދެ އަހަރު ދުވަސްތެރޭގައި ޢާންމު ފަރާތްތަކުގެ އެހީތެރިކަމާއިއެކު ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތައް އޭސީ ކުރާނެ ކަމަށެވެ.

އަދި ރައީސް މުޢިއްޒުގެ ލަފާފުޅުގެ ދަށުން ފެށޭ މިމަސައްކަތުގެ ޢަމަލީ މަސައްކަތް މިމެއި މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށްެވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

ސްކޫލްތަކުގެ ކްލާސް ރޫމްތައް ހޫނު ގަދަވުމުގެ ސަބަބުން ދަރިވަރުންނަށް އެކަމުގެ އުނދަގޫތައް ފޯރައި ބެލެނިވެރިންގެ ޝަކުވާތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ފެނެއެވެ.

އެގޮތުން ބައެއް ދަރިވަރުންނަށް ހަމުގެ މައްސަލަތައް ކުރިމަތިވެފައިހުރި ކަންވެސް ބައެއް ބެލެނިވެރިން ފާހަގަ ކުރައްވައިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top