Close

ޕީސީބީގެ ރައީސް އަކަށް ހަމްދީ އައްޔަނުކުރުމަށް ފާސް ކޮށްފި!

ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ކަމަށް ހެންވޭރު ރަންގަލި 4، ހަމްދީ އަގީލް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީސީބީގެ ރައީސް ކަމަށް ހަމްދީ އައްޔަނުކުރުމަށް ފާސް ކުރުމުގެ އިތުރުން އެ ބޯޑުގެ މެމްބަރު ކަމަށް ފަސް ބޭފުޅަކު އައްޔަނު ކުރުމަށްވެެސް ވަނީ ވޯޓު ދީފައެވެ.

އެފަސްބޭފުޅުންނާއި އެބޭފުޅުންނަށް ލިބިފައިވާ ވޯޓުގެ ޢަދަދަކީ:-

ޕީސީބީ ބޯޑުގެ ރައީސްކަމަށް ހަމްދީ އަގީލް / 47 ވޯޓު

ޕީސީބީ ބޯޑުގެ މެންބަރުކަމަށް މުހައްމަދު އާޒާދު / 47 ވޯޓު

ޕީސީބީ ބޯޑުގެ މެންބަރުކަމަށް ލީނާ އަބްދުލް ޖަލީލު / 48 ވޯޓު

ޕީސީބީ ބޯޑުގެ މެންބަރުކަމަށް މޫސާ ފަތުހީ އާދަމް / 46 ވޯޓު

ޕީސީބީ ބޯޑުގެ މެންބަރުކަމަށް އަހުމަދު ނަޝާތު / 46 ވޯޓު

ޕީސީބީ ބޯޑުގެ މެންބަރުކަމަށް ހަސަން ޒަރީރު / 47 ވޯޓު

މި މެންބަރުންނަށް ވޯޓު ދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ޕީސީބީގެ ރައީސްކަމަށް އައްޔަނުކުރި ހަމްދީއަކީ މީގެ ކުރިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ހަމްދީ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީ އިން މާސްޓާ އޮފް ކޮމާސް ހާސިލު ކުރައްވައިފައެވެ.

ޕީސީބީގެ މަސައްކަތަކީ ސަރުކާރުގެ ކުންފުނިތަކުގެ މަޤާމްތަކަށް މުވައްޒަފުން އައްޔަނުކުރުމެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top