Close

ސަޢުދީޢަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމަށް ހުޅުވާލައިފި!

ސަޢުދީޢަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިކަމާއި ގުޅިގެން ކުރި ޢިއްލާނުގައި ބުނެފައިވަނީ ސަޢުދީޢަރަބިއްޔާގެ މައްކާގައި 2024 އޮގަސްޓް 9 އިން 2024 އޮގަސްޓް 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "44 ވަނަ ސެޝަން އޮފް ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" ގައި ދިވެހި ރާއްޖެއިން 2 ބައިވެރިޔަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށެވެ.

މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވެވޭ ގޮފިތަކަކީ:-

1- މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ކީރިތި ޤުރްއާން ތަޖުވީދުމަގުން ކިޔެވުން.

2- ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާއެކު ތަޖުވީދުމަގުން ކިޔެވުން.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު

1- މިމުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން.

2- ފިރިހެނަކު ކަމުގައިވުން.

3- ހިޖްރީގޮތުން 25 އަހަރު ފުރިފައިނުވުން.

މި މުބާރާތުގައި ބައިވެރިވުމަށް، ބައިނަލްއަޤުވާމީ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޤުރްއާން ކިޔެވުމުގެ ދާއިރާއިން ލިބިފައިވާ ސަނަދުތައް / ލިޔުންތައް 2024 މެއި 21 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދިފައެވެ.

މި މުބާރާތުގައި ބައިވެރިކުރާނެ 2 ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އިމްތިހާނު ކުރުމަށް ފަހު ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިއުލާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top