ޤައުމު ދެމިއޮތުމަށް ޢާއިލާތައް ބަދަހިވެއޮތުން މުހިންމު ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރެވުނު އާއިލާތަކުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެެއްވެވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޤައުމީ ލޯތްބާއި، ޤައުމީ ޚިދްމަތާއި، ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިންކަމަށެވެ. އަދި ޤައުމު ދެމިއޮތުމަށް ޢާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމުކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) May 15, 2024
ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަސް އދ އިން ފާހަގަކުރަން ފެށީ 1994 ވަނަ އަހަރުއެވެ






