Close

ތިލަފުށީގައި ކެމިކަލް ގުދަން ހެދުމަށް ބިން ކުއްޔަށްދިނުމަށް ހުޅުވައިލައިފި!

ތިލަފުށީގައި ކެމިކަލް ރައްކާ ކުރާނެ ގުދަން ހަދާނެ ބިން ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ކެމިކަލް ރައްކާކުރާނެ ގުދަން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހު މެންދުރު 1:00 އާއި 2:00 އާއި ދެމެދު އޮންނާނެ ކަމަށެވެ.

އަދި އެކަމާގުޅޭ މައުލޫމާތު ދިނުން މި މަހުގެ 19 ވަނަ ދުވަހު އޮންނާނެ ކަމަށްވެސް އެޗްޑީސީގެ އިޢްލާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000 ދައްކަން ޖެހެ އެވެ.

މީގެ އިތުރުން، މި ގުދަންތައް ކުއްޔަށް ދެނީ އަކަފޫޓެއް 20ރ. ގެ ރޭޓުން ކަމަށާ މި ބިންތަކުގެ ބޮޑުމިނަކީ 827 އަކަފޫޓު ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3353535 ގުޅުމަށް އެޗްޑީސީން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top