ޢުމްރާގެ ދަތުރުފުޅަށްފަހު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ޢުމްރާގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންނެވީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒްގެ ޚާއްސަ ދަޢުވަތަކަށެވެ.
tps://twitter.com/presidencymv/status/1790758362889785855
ރައީސް މުޢިއްޒު މި ދަތުރުފުޅަށް ފުރައިވަޑައިގަތީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. އަދި ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒުގެ މެހެމާންދާރީގައި ކުރެއްވި މި ޢުމްރާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުޢިއްޒު ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.
މި ދަތުރުފުޅުގައި، ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި އިސްލާމީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއް ޝައިޚް މުޙައްމަދު ލަޠީފް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް، އަދި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާޞިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.






