ސަޢޫދީޢަރަބިއްޔާގެ އެހީގައި ރާއްޖޭގައި 3 ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ އެހީގައި ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވަނީ 150 އެނދުގެ ތިން ހޮސްޕިޓަލެކެވެ.
އިއްޔެ މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު އިއްޔެ ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީ ކުރުމަށް އެ ފަންޑުން 50 މިލިއަން ޑޮލަރު ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ.
މާލީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކޮށްފައިވަނީ ވަޒީރު، ޑރ. މުހައްމަދު ޝަފީގުއެވެ. ސަޢުދީ ފަންޑުގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ ސުލްތާން ޢަބްދުއްރަޙަމާން އަލް މަރުޝަދުއެވެ.
The meeting was attended by @KSAembassyMV Ambassador H.E. Matrek Aldosari, Minister of @MVIaffairs Dr. Mohamed Shaheem Ali Saeed and senior officials of @MoFmv. (3/3) pic.twitter.com/irzT8c8r5e
— Ministry of Finance (@MoFmv) May 16, 2024
އިއްޔެ މާލީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސުލްތާން ޢަބްދުއްރަޙްމާން އަލް މަރުޝަދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީ ކުރުމަށް ދެވޭ ލޯނާއި އެކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
އަދި ހޮސްޕިޓަލްތަކުގެ ސަބަބުން އެންމެ ރަނގަޅު ފަރުވާ ނުލިބޭ ރަށްތަކުގެ ރައްޔިތުންނަށް ވެސް އެފަދަ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ރާއްޖޭގެ އެކިއެކި މަަޝްރޫއުތަކަށް އެހީވުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމުގައިވެސް ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު ވިދާޅުވިއެވެ.






