ޅ.ކުރެންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޝާމިން ޙަބީބް ވެރިކަން ކުރާ ޕީއެންސީ އަށް ސޮއެ ކުރައްވައިފިއެވެ.
ކުރެންދޫ ދާއިރާއަށް އިންތިޚާބުވި މެންބަރު ޝާމިން ހަބީބު ވެރިކަން ކުރާ ޕާޓީއަށް ސޮއެ ކުރައްވައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި ޝާމިންގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޝާމިން ހަބީބަކީ، ކުރެންދޫ ދާއިރާއަށް ކުރިމަތިލެއްވި 5 ކެނޑިޑޭޓުންގެ ތެރެއިން އިންތިޚާބުވި މިނިވަން ކެނޑިޑޭޓެކެވެ. ޝާމިން އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ޖުމުލަ 741 ވޯޓު ހޯދައިގެންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީއިން ސުޕަރމެޖޯރިޓީއެއް ހޯދި އިރު، އިންތިޚާބަށްފަހު، އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަތް މެންބަރުން މީގެ ކުރިން ޕީއެންސީއާ ގުޅިވަޑައިގަންނަވާފައެވެ. އަލަށް ޕީޕީއެމް އަށް ސޮއިކުރެއްވި މި މެންބަރާއި އެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ޖުމްލަ މެންބަރުންގެ އަދަދަކީ 74 އެވެ.






