Close

އިރާންގެ ރައީސް ދަތުރުކުރެއްވެވި ހެލިކޮޕްޓަރ ވެއްޓުމާއި ގުޅިގެން ރައީސް މުޢިއްޒު ހިތާމަފާޅުކުރައްވައިފި!

އިރާންގެ ރައީސް އިބްރާހިމް ރައީސީ އެޤައުމުގެ ސަރުކާރުގެ ބައެއް އިސްވެރިން ދަތުރުކުރެއްވެވި ހެލިކޮޕްޓަރ ވެއްޓުމާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު ހިތާމަ ފާޅުކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ރައީސް ޑރ މުޢިއްޒު އެކްސްގައިި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިރާންގެ ރައީސް އިބްރާހިމް ރައީސީ އެމަނިކުފާނުގެ ސަރުކޖާރުގެ ބައެއް އިސްވެރިންނާއި އެކު ދަތުރު ކުރެއްވެވި ހެލިކޮޕްޓަރ ވެއްޓި ހިނގި ހާދިސާގެ ޚަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމަ އާއި އެކުގައި ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި މީހުން ހޯދައި ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ޓީމް ތަކުގެ މަސައްކަތް ފަސޭހަ ވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި އުންމީދު ކުރައްވަނީ ޢިރާންގެ ސަރުކާރުގެ އިސް ވަފުދު ވީ އެންމެ އަވަހަކަށް ސަލާމަތްތެރިކަމާއި އެކު ފެނުން ކަމަށެވެ.

މިކަމާއި ގުޅިގެން އިރާންގެ މީޑިއާތަކުން ބުނެފައިވަނީ ވެއްޓުނު ހެލިކޮޕްޓަރުން ދަތުރުކުރި އެއްވެސް މީހެއްގެ ދިރުމެއް ހުރިކަމަށް އުންމީދުނުކުރެވޭ ކަމަށެވެ. އަދި ހެލިކޮޕްޓަރުން ދަތުރުކުރި ބައެއްމީހުންގެ ހަށިތައް ފެނިފައިވާއިރު އެހަށިތައް އަނދައިފައި ހުރުމުން ކާކުކަން ވަކިކުރަން ނޭނގޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top