Close

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފި!

ހއ.އަތޮޅުން ތ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާޅު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ މިއަދުގެ ހެނދުނު 9:30 ން މެންދުރު 13:30 އަށް ހއ.އަތޮޅާއި ތ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ހަމަމިއާއި އެކު ލ.އަތޮޅުން އައްޑޫ ސިޓީ އަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުވަނީ ނެރެފައެވެ.

އެގޮތުން މިއަދުގެ ހެނދުނުގެ 9:30 ން މެންދުރު 13:30 އާ ދެމެދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެގޮތުން ގަޑިއަކު 22 މޭލާއި 27މޭލާއި ދެމެދު ވައިގަދަވާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ކަނޑުދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ހަމަމިއާއިއެކު މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top