Close

އިރާންގެ ރައީސް އިބްރާހިމް ރައީސީ ނިޔާވެއްޖެ!

އިރާންގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވެވި ހެލިކޮޕްޓަރ ވެއްޓި ހިނގި ހާދިސާގައި އޭނާ ނިޔާވެއްޖެއެވެ.

އިރާންގެ ރައީސްގެ ރައީސީގެ އަރިހުގައި އެހެލިކޮޕްޓަރުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ހުސެއިން އާމިރުޢަބްދުﷲއަން ނިޔާވެއްޖެ ކަމަށް މިހާރު އެޤައުމުގެ ސަރުކާރުން ރަސްމީކޮށް ވަނީ ހާމަކޮށްފައެވެ.

ހެލިކޮޕްޓަރ ވެއްޓުނު ހާދިސާ ހިނގައިފައިވަނީ އިރާންގެ އަޒަރުބައިޖާން ޕްރޮވިންސްގެ މަތިން އެހެލިކޮޕްޓަރ ދަތުރު ކުރަމުންދަނިކޮށެވެ.

ހެލޮކޮޕްޓަރ ވެއްޓުނު ސަރަހައްދަށް ރެސްކިޔު ވޯކާސް އަށް ވާސިލް ވެވިފައިވަނީ ހާދިސާ ހިނގިތާ ވަރަށް ގިނަ ވަގުތުތަކެއް ފާއިތުވިފަހުންނެވެ. އަދި އެކަން އެހެން ވުމަށް މެދުވެރިވީ މިވަގުތު އިރާންގެ މޫސުން ގޯސްވެފައިވުމުގެ ސަބަބުންނެވެ.

އިރާންގެ ރައީސް ރައީސީ ނިޔާވުމާއި ގުޅިގެން ދެން އެޤައުމުގެ ސަރުކާރު ހިންގަވާނީ އެޤައުުމުގެ ނައިބުރައީސް މުޙައްމަދު މުޚްބަރެވެ. މުޚްބަރަށް ސަރުކާރު ހިންގުމުގެ ބާރު ލިބިވަޑައިގަންނަވާނީ ރިޔާސީ އިންތިޚާބު ބާއްވަވައި އައު ރައީސަކު އިންތިޚާބު ވަންދެނެވެ. އެއިންތިޚާބު 50 ދުވަސްތެރޭގައި ބާއްވަން ޖެހެއެވެ.

މެދުއިރު މަތީގެ ހުރިހާ ޤައުމެއްވެސް އޮތީ އިރާން އާއި އެކުއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top