Close

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ 6 އަތޮޅަކަށް އޮރެންޖް ސަމާލު ނެރެފި!

މޫސުން ގޯސްވާނެ ކަމަށް ލަފަކޮށް ރާއްޖޭގެ 6 އަތޮޅަކަށް އޮރެންޖް ސަމާލު ނެރެފިއެވެ.

އޮރެންޖް ސަމާލު ނެރެފައިވަނީ ބ.އަތޮޅުން ފެށިގެން ވ.އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެ ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައުވަނީ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ، އެ ވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް އެއިދާރާއިން ނެރެފައިވާ ސަމާލުގައި ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން މޫސުމާއި ބެހޭ އިދާރާއިން ވަނީ ހއ. އިން ފެށިގެން ބ. އަތޮޅާއި ހަމައަށްވެސް ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށްވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އެ ވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދަށް ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް އެއިދާރާއިން ނެރެފައިވާ ސަމާލުގައި ލަފާކޮށްފައިވެއެވެ.

މޫސުމަށް ބޮޑެތި ބަދަލުތަކެއް އައިސް މޫސުން މިހާބަޮޑަށް ގޯސްވެފައިވާތީ ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ކަނޑުދަތުރު ކުރާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top