ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ އޮރެންޖް ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
މިއަދުގެ ހެނދުނުގެ 8:00 ން 11:00 ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އޮރެންޖް ސަމާލުނެރެފައެވެ.
މީގެ ތިން ގަޑިއިރު ކުރިން ނެރުނު މި އޮރެންޖް ސަމާލުގައި ބުނެފައިވަނީ އެސަރަހައްދަށް ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދަށް ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
Orange warning for squally showers with strong winds of 34 – 40 mph and gust winds of 60 mph with very rough seas. pic.twitter.com/ntxf2TX11t
— Maldives Meteorology (@MetMaldives) May 23, 2024
އެސަރަހައްދުގެ މޫސުން ރަނގަޅުނުވާނެ ކަމަށް ލަފާކުރެވޭތީ އަނެއްކާވެސް އޮރެންޖް ސަމާލުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިއަދުގެ 11:15 އިން 15:15 އަށް ހއ.އަތޮޅުން ވ.އަތޮޅަށް ގަދަވަޔާއިއެކު ބޯކޮށް ވާރޭ ވެހި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
Orange warning for squally showers with strong winds of 34 – 40 mph and gust winds of 60 mph with very rough seas. pic.twitter.com/Xqpj43g9HK
— Maldives Meteorology (@MetMaldives) May 23, 2024
ރާއްޖޭގެ މޫސުން މިހާބޮޑަށް ގޯސްވެފައިވާތީ ކަމާއިބެހޭ އެކި އިދާރާތަކުން ދަނީ ކަނޑުދަތުރުކުރުމުގައި ރައްކާތެރިވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.






