Close

ތިނަދޫ ދެކުނަށް އިންތިޚާބުވި އަލްސަންވެސް ވެރިކަންކުރާ ޕާޓީއަށް!

ގދ ތިނަދޫ ދެކުނު ދާއިރާއަށް އިންތިޚާބު ވެފައިވާ މުޙައްމަދު އަލްސަން އަހްމަދު ވެރިކަން ކުރާ ޕީއެންސީ އަށް ސޮއިކުރައްވައިފިއެވެ.

އަލްސަން ޕީއެންސީ އަސް ސޮއި ކުރައްވައިފައިވަނީ އިއްޔެއެވެ.

އަލްސަން ޕީއެންސީއަށް ސޮއިކުރެއްވީ މުލިއާގޭގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އަލްސަންގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ނިމިދިޔަ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަލްސަން ވާދަކުރައްވައިފައިވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އަދި އޭނާއަކީ މި ފަހަރު މަޖިލީހަށް ހޮވުނު އެންމެ ހަގު މެންބަރުކަން ފާހަގަ ކޮށްލެވެއެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީއިން ސުޕަރމެޖޯރިޓީއެއް ވަނީ ހޯދައިފައެވެ. އަދި އިންތިޚާބަށްފަހު، އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި އަށް މެންބަރުން ވަނީ މީގެ ކުރިން ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާފައެވެ. އަލަށް ޕީއެންސީއަށް ސޮއިކުރެއްވި މި މެންބަރާއި އެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ޖުމްލަ މެންބަރުންގެ އަދަދަކީ 75 އެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top