ހަތަރުވަނަ 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)' މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް ޑރ. މުޢިއްޒު، މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމުން، އެ މަނިކުފާނަށް މަރުހަބާ ދަނަވައިފައިވަނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް އާއި އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރު އެޗްއީ ގެސްޓޮން ބްރައުންއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ފަރާތުން އިއްވަވާ ޚާއްޞަ ޤައުމީ ބަޔާނެއް ދެއްވާނެއެވެ.
ސިޑްސް މަހާސިންތާ އަކީ ކުދި ޤައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި ހުރިހާ ހިއްސާދާރުން އެއްތަނަކަށް އެއްވެ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި، ތަނަވަސް، އަދި ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތް ކުރުމަށް ދެވޭ މުހިންމު ފުރުސަތެކެވެ.
މި އަހަރުގެ ސިޑްސް މަހާސިންތާ ބާއްވަނީ " ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިޢާރުގެ ދަށުންނެވެ.






