ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ އިންތިޚާބު ކޮށްދެއްވުމުން އެމަނިކުފާނު ރައީސް ޑރ މުޙައްމަދު މުއިއްޒަށާއި މަޖިލީހުގެ އައު މެންބަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އެމަނިކުފާނުގެ ނަން ހުށަހަޅުއްވައި ދެއްވި ކަމަށްޓަކައި ޕީ.އެން.ސީގެ ރައީސް،ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ހިތުގެ އެންމެ ފުން އިޙްތިރާމާ ލޯތްބާއެކު ހުސްވުމެއްނެތް ޝުކުރު އަރިސްކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
“އެ މަގާމަށް އަޅުގަނޑަށް ވޯޓް ދެއްވި ޢިއްޒަތްތެރި ހުރިހައި މެންބަރުންނަށް ޝުކުރު ދަންނަވަން. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ހޮއްވަވައި ދެއްވިކަމަށްޓަކައި ފޮނަދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު ލޯތްބާއެކު ޝުކުރު ދަންނަވަން” ޢަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ ޤައުމާއި ރައްޔިތުންގެ ޙައްގުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމުގައި ވަރުބަލިވުމެއްނެތި ދެމި ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
الحمدالله!
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަޅުގަނޑުގެ ނަން ހުށަހަޅުއްވައި ދެއްވި ކަމަށްޓަކައި ޕީ.އެން.ސީގެ ރައީސް،ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ހިތުގެ އެންމެ ފުން އިޙްތިރާމާ ލޯތްބާއެކު ހުސްވުމެއްނެތް ޝުކުރު އަރިސްކުރަން.އެ މަގާމަށް…— Abdul Raheem Abdulla (@Banafsaa) May 28, 2024
މަޖިލީހުގެ ރައީސް ކަމަށް ޢަބްދުއްރަޙީމް އިންތިޚާބު ކޮސްފައިވާއިރު އެމަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބު ކޮށްފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްއެވެ.






