Close

ރައީސް މުޢިއްޒު އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވައިފައިވަނީ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާގެ ސަރުކާރުން ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިންތިޒާމުތައް ކުރައްވާފައިވާ ފުރިހަމަކަމަށް ތަޢުރީފުކުރެއްވިއެވެ.

އަދި ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް އެޤައުމުން އަދާކުރެއްވި މެހުމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވެވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮންފަރެންސްގައި މަޝްވަރާކުރި ބައެއް މައްސަލަތަކާއި ތަރައްޤީވަމުންވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ވިލުންތެރިކަން އިތުރުކުރުމާއި އިސްކަންދޭ މުހިންމު މައްސަލަތަކުގައި މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް 2024 މެއި 27 އިން 29 ބާއްވާފައި ވަނީ އެންޓީގާ އެންޑް ބާބިޔުޑާގައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top