Close

މިރޭގެ މަޣްރިބް ނަމާދުން ފެށިގެން ފަލަސްޠީނުގެ ޙަލާތާއި ގުޅުވައި ޤުނޫތު ކިޔަނީ!

ފަލަސްޠީނުގެ މުސްލިމުންނަށް އިޒްރާއިލްގެ ޔަހޫދީން ދެމުންދާ އުނދަގޫތައް އިތުރުކޮށްފައިވާތީ މިރޭގެ މަޣްރިބް ނަމާދުން ފެށިގެން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ޤުނޫތު ކިޔުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވައިވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ޑރ ޝަހީމް ވިދާޅުވެފައިވަނީ ފަލަޞްޠީނުގެ ހިތްދަތި ޙާލަތާގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާނެ ކަމަށެވެެ.

“މުސްލިމުންނަކީ އެއް ހަށިގަނޑެއް، އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާޞްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު” ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 7ވަނަ ދުވަހު ހަމާސް އިން އިޒްރާއިލަށް ދިން ހަމަލާއާއި ގުޅިގެން އިޒްރާއިލުން ފަލަސްޠީނުގެ ޢާންމުނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް މިހާރު ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ.

މިހާރު އިޒްރާއިލްގެ ޔަހޫދީންގެ ދަނީ ސަލާމަތް ތެރިކަން ހޯދުމަށް ރަފާހްއަށް ވަދެ ތިބި ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުން އަންދައި އެތައް އަނިޔާއެއް ދެމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top