Close

ރާއްޖޭގެ މޫސުން އަދިވެސް ގޯސް، ރީނދޫ ސަމާލު ނެރެފި!

ރާއްޖޭގެ މޫސުން ގޯސްވެ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

އެގޮތުން މީގެ ދެގަޑިއިރު ކުރިން މިއަދުގެ ހެނދުނުގެ 9:30 ހުން ފެށިގެން 13:30 އަށް ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވަނީ ރީނދޫ ސަމާލު ވަނީ ނެރެފައެވެ.

އެރީނދޫ ސަމާލުގައި ބުނެފައިވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

ހަމަ މިއާއިއެކު މިއަދުގެ 10:30ހުން 14:30 އަށް ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވަނީ ރީނދޫ ސަމާލުނެރެފައެވެ.

އެރީނދޫ ސަމާލުގައި ބުނެފައިވަނީ އެވަގުތުގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ވޭތުވެ ދިޔަ ދެހަފްތާއިން ފެށިގެން ރާއްޖޭގެ މޫސުން ވަނީ އަދާޔާ ޚިލާފަށް ވަނީ ގޯސްވެފައެވެ. ކަނޑުތައް ގަދަވެ ކަނޑު ދަތުރުފަތުރު ކުރުންވެސް ކަމާއި ބެހޭ ފަރާތްތަކުން މަނާކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top