Close

އިތުރު ތިން އަތޮޅަކަށް އާރްޓީއެލްގެ ފެރީގެ ޚިދްމަތް ފެށުމަށް ސަރުކާރުން ނިންމަވައިފި!

އިތުރު ތިން އަތޮޅަކަށް އާރްޓީއެލްގެ ފެރީގެ ޚިދްމަތް ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދްމަތަކީ ރައްޔިތުންނަށް މުހިއްމު ހިދުމަތެއް ކަމަށެވެ. އެހެން ކަމުން، އެ ހިދުމަތް ނުފެށި އޮތް ތިން އަތޮޅެއްގައި ޚިދުމަތް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެގޮތުން ޚިދުމަތް ފެށުމަށް ނިންމާފައިވާ އަތޮޅު ތަކަކީ؛

• ނ އަތޮޅު. އެ އަތޮޅުގައި ޚިދުމަތް ފަށަން ސަރުކާރުން ނިންމާފައިވަނީ މި ފެށޭ ޖޫން މަހު

• ރ. އަތޮޅު. އެ އަތޮޅުގައި ޚިދުމަތް ފަށަން ނިންމާފައިވަނީ ކުރިއަށް އޮތް އޯގަސްޓް މަހު

• ބ. އަތޮޅު. އެ އަތޮޅުގައި ހިދުމަތް ފަށަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގައި.

މީގެ އިތުރުން އަމީން ވިދާޅުވީ އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ލޯންޗްތައް ދަތުރުކުރާ ބައެއް ރޫޓްތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އެގޮތުން، ބައެއް ލޯންޗްތައް މަޑުކުރަން ނިންމާފައިވާ ސްޓޮޕްތަކަށް ބައެއް ބަދަލުތައް ގެންނަމުންދާ ކަމަށާއި އެ ބަދަލުތައް ގެންނަނީ ލޯންޗްގައި ދަތުރުކުރާ މީހުންގެ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށް ވަޒީރު ވިދާޅުވުއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން 12 ގައެވެ. މި ޚިދްމަތަކީ ކުރީގެ ރަޢީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. އެ ޚިދުމަތް ފުރަތަމަ ފެށީ ޒޯން 1 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ހއ. އަތޮޅުންނެވެ. މި އާރްޓީއެލްގެ ހިދުމަތް ދޭން ރާވާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު 4 ޒޯނެއްގައި ހިދުމަތް ފަށާފައިވެ އެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top