Close

ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް އެޗްޑީސީ އިން ހުޅުވާލައިފި!

އެޗްޑީސީއިން ބުނެފައިވަނީ އެ ކުންފުނިން ކުރިއަށް ގެންދާ “ރަށްވެހި ދަނޑުވެރިކަން” ނުވަތަ “ކޮމިޔުނިޓީ އާބަން ފާމިން” މަޝްރޫއުގެ ދެވަނަ ފިޔަވަހި ފެއްޓުމަށް ނިންމާފައިވާ ކަމަށާ، އެ މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން މިހާރު ބިން ކުއްޔަށް ދޫކުރަން ހުޅުވާލާފައިވަނީ ޒުވާނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ބިންތައް އެކަނި ކަމަށާއި ޝަރުތު ހަމަވާ ފަރާތްތަކުން 12 ޖޫންގެ 23:59 ގެ ކުރިން ފޯމު ހުށައަޅަން އެޗްޑީސީން އެދެއެވެ.

އެޗްޑީސީން ހިންގާ ރަށްވެހި ދަނޑުވެރިކަމުގެ މަޝްރޫއަކީ ދަނޑުވެރިކަމަށް އާންމުން ހޭލުންތެރިކަން އިތުރުކޮށް ދަނޑުވެރިކަމުގެ ސިނާއަތަށް މީހުން ޝައުގުވެރި ކުރުމަށް ހިންގާ މަޝްރޫއު އެކެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ވަނީ 48 ދަނޑުވެރިންނަށް 16 ބިމެއް ދޫކޮއްފައެވެ.

މި މަޝްރޫއަކީ ރާއްޖެއަށް އާ ކޮންސެޕްޓަކާއި އެކު ފުރަތަމަ ފަހަރަށް ހިންގޭ މަޝްރޫއުއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top