ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންގެ ދިފާޢުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާަގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމުގައި، ފަލަސްޠީނުގެ މައްސަލައިގަ ރާއްޖެއިން ދަމަހައްޓަމުން އެ ގެންދަނީ ޝުކުރު ޙައްޤު، އަދި ދިވެހިން ފަޚުރުވެރިވާ ފަދަ ހަރުދަނާ އުޞޫލުތަކެއް ކަމަށެވެ.
“ފަލަޞްޠީނާއި އެޤައުމުގެ އަޚުންނާ އުޚުތުންގެ ދިފާޢުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެ” ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
ރައީސް ޑރ މުއިއްޒުގެ @MMuizzu ވެރިކަމުގައި، ފަލަސްޠީނުގެ މައްސަލައިގަ ރާއްޖެއިން ދަމަހައްޓަމުން އެ ގެންދަނީ ޝުކުރު ޙައްޤު، އަދި ދިވެހިން ފަޚުރުވެރިވާ ފަދަ ހަރުދަނާ އުޞޫލުތަކެއް. ފަލަޞްޠީނާއި އެޤައުމުގެ އަޚުންނާ އުޚުތުންގެ ދިފާޢުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 29, 2024
މިފާއިތުވި 2023 އޮކްޓޫބަރ 7ގައި ހަމާސް ޖަމާޢަތުން އިޒްރާއިލްގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދަށް ދިން ހަމަލާއާއި ގުޅިގެން އޭގެ ބަދަލު ހިފުމުގެ ނަމުގައި އިޒްރާއިލުން ދޭން ފެށި ހަމަލާތައް މިއަދާއި ހަމައަައށްވެސް ދަނީ ކުރިއަށެވެ.
ޣައްޒާއަށް ދޭން ފެށި ހަމަލާތަކުން ރައްކާތެރިވުމަށް ރަފާހް އަށް ފަލަސްޠީނުގެ ރައްޔިތުން ވަނީ އެއްވެފައެވެ. އަދި މިހާރު އިޒްރާއިލުން ދަނީ ރަފާހް އަށް ދަނީ އަނިޔާވެރިކަމުގެ ހައްދަފަހަނައަޅައިފައިވާ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅެމުންދާ ފޭލިގެ ތަކުގައި ދަނީ ހުޅުޖަހަމުންނެވެ.






