Close

ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހުގައި ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެ!

ކަނޑުތަކުގެ ދުވަހާއި ގުޅިގެން ބާއްވާ މަސްރޭހުގައި ދައުލަތުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަސްވެރިކަމާއި ކަނދުތަކުގެ ދިރުމާއި ގުޅޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލުބް ވިދާޅުވެއްޖެއެވެ.

ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ދެއްވަމުން މުއްޠަލިބު ވިދާޅުވީ

މިއަހަރު ކަނޑުގެ ދުވަސް ފާހަގަކުރަނީ ވަރަށް ކުލަގަދަކޮށް ކަމަށެވެ.

މި ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ހަރަކާތްތަކެއް ކަމަށާއި، މިހަރަކާތް ތަކުގައި ދައުލަތުގެ ވަޒީރުންގެ ޓީމެއް ބައިވެރިވެލެއްވުމަކީ އެކަން ހާމަވެގެންދާ ކަމެއް ކަން މުއްތަލިބު ވިދާޅުވިއެވެ.

ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ މި މަހުގެ އަށް ވަނަ ދުވަހެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެދުވަހާއި ގުޅޭ ހަރަކާތްތައް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.

ކަނޑުތަކާއި ގުޅިގެން އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މުއްތަލިބް ފާހަގަކުރެއްވި ގޮތުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއިން 7 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރާ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކުރެހުމުގެ މުބާރާތެކެވެ.

މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގެ ކުރެހުންތައް އޮންލައިންކޮށް ވެސް ނުވަތަ ސީދާ ވުޒާރާ އަށް ވެސް ހުށަހެޅޭނެއެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަޅުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށްގެންދިޔުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top